ޝަރުއީ ދާއިރާ ފެންނަނީ އެއްވެސް ބާރެއް ނެތް ބާޒެއްގެ ގޮތުގައި: ރިޒާ

މުހައްމަދު އަލީ
އޮކްޓޯބަރ 6, 2025

ޝަރުއީ ނިޒާމު ފެންނަނީ އެއްވެސް ބާރެއް ނެތް، ބާޒެއްގެ ގޮތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާާޅުވެއްޖެއެވެ.

ޝަރުއީ ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވާ މައްސަލައިގައި ޖޭއެސްސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ހާޒިރު ކުރިއެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ރިޒާ ވިދާޅުވީ މައްސަލަތައް ލަސްވުމަށް މިލިއަން ސަބަބުތައް ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން ކޮމިޓީގައި ރިޒާ ފާހަގަ ކުރެއްވި ސަބަބުތައްް:

ދިފާއީ ވަކީލުން އެދިގެންތަރުޖަމާނުން ނުބިގެންދައުވާލިބޭ ފަރާތުން ހެކިން ހާޒިރު ނުކޮށްގެންދައުވާކުރާ ފަރާތުގެ ލިޔެކިޔުންތައް ފުރިހަމަނުވެގެންޕީޖީ އަދި އޭޖީގެ ފަރާތުން ދައުލަތުގެ ވަކީލުން އެދިގެންއޭޖީ އޮފީހުން ހަމަޖައްސަންޖެހޭ ވަކީލުން ހަމަނުޖައްސައިގެންކަރެކްޝަނުން ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުު ނުކުރެވިގެންފުލުހުންގެ ފަރާތުން ހާޒިރުކުރަންޖެހޭ ހެކިވެރިން ހާޒިރު ނުކުރެވިގެންވަކީލު ބަދަލުވުމާ ގުޅިގެން އަލަށް އަންނަ ވަކީލު މައްސަލަ ދިރާސާކުރަން އެދިގެންމީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން އޮންލައިންކޮށް ގެންދާ މައްސަލަތަކުގައި ކުރިމިނަލް ކޯޓު، ސިވިލް ކޯޓު، ފަދަ ތަންތަނުގައި ކަނޑަައަޅާ ގަޑިއަށް ޖާގަ ނުލިބުމާއި، ގިނަ ހަސްމުންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި، ތިން ހަތަރު ވަކީލުން ހިމެނޭ އިރު، އެތަނުން އެންމެ ވަކީލަކު ހާޒިރުނުވެެގެން ޝަރީއަތް ކެންސަލްކުރަންޖެހޭ ހާލަތު ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބުމަކީވެސް ބޮޑު މައްސަލައެއްކަމަށް ރިޒާ ފާހަގަކުރެއްވިއެވެ.

އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ މުސާރައިގެ މައްސަލައެވެ. ރިޒާ ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އާއި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އާއި ދިވެހި ފުލުހުންގެ ހިދުމަތާއި، ކަރެކްޝަނަލް ސާވިސްއަކީ ޝަރުއީ ދާއިރާއަށްވުރެ ރަނަގަޅަށް މުސާރައިގެ އޮނިގަނޑު އޮތް ތަންތަން، ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރަށްވީއިރު ޝަރުއީ ދާއިރާ ފެންނަނީ އެއްވެސް ބާރެއް ނެތް ބާޒެއްގެ ގޮތުގައި، ހަރަކާތްތެރިވަމުންދާ މަންޒަރު ކަމަށެވެ. އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

”2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އަަޅުގަނޑުމެން އެޑްމިނިސްޓްރޭޓާ އޮފިސަރަކަށް އިއުލާންކޮށްލީމަ 200 މީހުން ކުރިމަތިލާ. މިހާރު ޝަރުއީ ދާއިރާއަށް ކުރިމަތިލާނެ މީހަކު ނުވޭ. އެެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރުމަށްޓަކައި މަޖިލީހަށްވެސް ކަންތައްތަކެއް ކުރެވިދާނެ. ޝަރުއީ ދާއިރާގެ މުވައްޒަފުން ހިފެހެއްޓުމަށްޓަކައި، މިދާގޮތަށް ދާ ކަަމަށްވަންޏާ ކުރިމަގުގައި ޝަރުއީ ދާއިރާއަށް މުވައްޒަފުންނެއް ނުލިބޭނެ. އެ މުވައްޒަފުންނަކީ ބުރަ، އިހުލާސްތެރި މަސައްކަތްކުރާ ބައެެއް،“ އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ