ހަމާސްގެ ޝަތުރުތަކަށް ޔަހޫދީން ދީލައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 9, 2025

ޝަރަމުއްޝެއިޚްގައި ބޭއްވި މަޝްވަރާތަކުގައި ހަމާސްގެ ޝަރުތަށް ޔަހޫދީން އެއްބަސްވެ ޖެނޮސައިޑް ހުއްޓާލަން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި އިޢުލާން ކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުން،

ހަމާސްއިން އިސްރާއީލީ 20 ހަނގުރާމައިގެ އަސީރުން ދޫކޮށްލުން،

އިސްރާއީލުން ވަގަށް ނަގާފައިވާ 2،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މިނިވަން ކުރުން،

އަދި ދުވާލަކު މަދުވެގެން 400 އެހީގެ ޓްރަކު ޣައްޒާއަށް ވެއްދުން،

އަދި ދެކުނު ޣައްޒާގެ ރައްޔިތުންނަށް އުތުރާއި މެދު ސަރަހައްދުތަކަށް އެނބުރި ދިއުމުގެ ހުއްދަ ދިނުމެވެ.

އެއްބަސްވުމުގެ ރަސްމީ ސޮއިކުރުން ޤާހިރާގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

އަދި ވަކި ގޮތެއް ނިންމިފައި ނުވަނީ:

ހަމާސްގެ ހަތިޔާރު ބެހެއްޓުން

ޣައްޒާގެ ވެރިކަން ހިންގާނެ ގޮތަކާ މެދު އެވެ.

އިސްރާއީލާއި ޣައްޒާގައި މީގހުން ވަނި އުފާ ފާޅުކޮށްފައެވެ.

މި ލިޔުމާ ގުޅޭ