ހޫސީން ކޮންގެ 5 ދުވަހަކުން އެއްފަހަރު ޒަޔަނިސްޓުންނަށް އަދަބު ދިން

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 9, 2025

ފަލަސްޠީނުގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމާއެކު ޔަހޫދީންފެށި ޖެނޮސައިޑާ ގުޅިގެން ޔަމަނުގެ އަންސާރުﷲ ހޫސީން ދިޔައީ އިޒްރޭލަށް ކޮންމެ ފަސް ދުވަހަކުން އެއްފަހަރު އަދަބު ދެމުންނެވެ. އިސްރާއީލު މީޑިއާއިން ބުނާ ގޮތުގައި އިސްރާއީލްގެ އެކި ސަރަޙައްދުތަކަށް އަންސާރުﷲ އިން ޖުމްލަ 137 ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ ބެލިސްޓިކް މިސައިލް، ކްރޫޒް މިސައިލް އަދި ޑްރޯން ފަދަ ހަތިޔާރުތަކެވެ. މިއީ ގާތްގަނޑަކަށް ކޮންމެ 5 ދުވަހަކުން އެއް ހަމަލާގެ މިންވަރެވެ.

ޔަހޫދީ މީޑިއާއިން ހެދި ދިރާސާގައި، ޙޫސީންގެ ކަންކަން ދިރާސާކޮށް އިސްރާއީލް ސިފައިންގެ ބަޔާންތައް އަޅާކިޔާފައިވެއެވެ. އަދި މީގެ އިތުރުން، މިސައިލް ހަމަލާތަކާ ގުޅިގެން އިންޒާރުގެ ސައިރަން އިވުނު ސަރަޙައްދުތަކުގެ ތަފްސީލީ ދިރާސާއެއްވެސް ހަދާފައިވެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި ޙޫސީންގެ ބަޔާންތަކާއި އިސްރާއީލް ސިފައިންގެ ބަޔާންތަކުގައި 67% އެއްގޮތްކަން ހުރިކަން ފާހަގަކުރެވެއެވެ. މިއީ ޙޫސީން ދިން 92 ހަމަލާއަށް އިސްރާއީލުން ސީދާ އިޢުތިރާފުވި މިންވަރެވެ. ނަމަވެސް 45 ހަމަލާއާ ގުޅޭގޮތުން އިސްރާއީލުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

އަދި ހޫސީންގެ ހަމަލަތައް އޭގެ ޒާތުގައި ޔަހޫދީން ބިރު ގެންނެވުމާއި އެމީހުން މަސައްކަތުން ކަސިޔާރު ކުރުމާއި އިގްތިސާދު އިނދެ ޖެއްސުމުގައި ކާމިޔާބު ވެފައިވާ ކަމަށްވެސް މި ދިރާސާއިން ދައްކާފައި ވެއެވެ.

މި ލިޔުމާ ގުޅޭ