ޖެނޮސައިޑް ހުއްޓާލަން އެއްބަސްވިތާ އަށްގަޑި އިރު ފަހުން ޤަތަރުގެ މަރުކަޒަކަށް ބޮން އަޅައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 9, 2025

ޖެނޮސައިޑް ހުއްޓާލުމާ ގުޅޭ އެއްބަސްވުން އިއުލާން ކުރި ފަހުން ޔަހޫދީން ވަނީ ޓެރަރިސްޓް ހަމަލަތައް ދީފައެވެ. މި ރޭ ޔަހޫދީންގެ ޓެރަރިސްޓް ސިފައިން ހަމަލާ އަމާޒުކޮށްފައި ވަނީ ޣައްޒާގެ ހުޅަނގު ސަރަހައްދުގައި ހުރި ޤަތަރުގެ ޣައްޒާ ބިނާ ކުރުމުގެ ކޮމިޓީގެ މަރުކަޒާ ކައިރި ސަރަހައްދަކަށެވެ. ވައިގެ މި ހަމަލާ ދީފައިވަނީ ޖެނޮސައިޑް ހަމަލާތައް ހުއްޓާލި އެއްބަސްވުން ތަންފީޒު ކުރަން ފެށިތާ އަށް ގަޑިއިރު ފަހުންނެވެ.

ޣައްޒާގެ ހުޅަނގު ސަރަހައްދުން ވަނީ ބާރުގަދަ އަޑެއް އިވި، ދުން މައްޗަށް އަރާ މަންޒަރު ފެނިފައެވެ. މިއީ ރޭ ފަތިހު މިސްރާއި ޤަތަރާއި އެމެރިކާގެ މެދުވެރިކަމުގައި ވެވުނު ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ޔަހޫދީން ދިން ފުރަތަމަ ބޮޑު ހަމަލާ ކަމަށް ބެލެވެއެވެ.

މި ހަމަލާއާ ގުޅިގެން މިވަގުތާ ހަމައަށް ޣައްޒާގެ ސިއްހީ ވުޒާރާއިން އެއްވެސް މަރެއްގެ ނުވަތަ ޒަހަމްވި މީހެއްގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އިސްރާއީލް ޓެރަރިސްޓުންވެސް މިކަމާ ގުޅޭ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ