ޔަހޫދީންްގެ 1152 ޓެރަރިސްޓުން ނައްތާލެވުނު

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 9, 2025

ޔަހުޔާ ސިންވާރު ފަލަސްޠީނު މިނިވަން ކުރުމަށް ފެށި އަޤްޞާ ޠޫފާނުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ސިފައިންގެ ތެރެއިން 1،152 ޓެރަރިސްޓް ސިފައިން، ހަމާސްގެ މުޖާހިދުން މި ދުނިޔެއިން ނައްތާލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރެއިން 40 އިންސައްތައަކީ 21 އަހަރުން ދަށުގެ ޔަހޫދީ ޓެރަރިސްޓް ހަނގުރާމަވެރިންނެވެ.

މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ޓެރަރިސްޓް ސިފައިންގެ ތެރެއިން 1،035 ޓެރަރިސްޓުންނާއި ފުލުހުންގެ ތެރެއިން 100 ޓެރަރިސްޓުންނާއި ޝިން ބެޓްގެ 9 ޓެރަރިސްޓުންނާއި، ޖަލު އޮފިސަރުންގެ ތެރެއިން 8 ޓެރަރިސްޓުން ހަމާސް އިން ވަނީ މި ދުނިޔެއިން ނައްތާލަ ދީފައެވެ. ޙަމާސްގެ މި ފިޔަވަޅުން ޔަހޫދީންގެ މާގިނަ އާއިލާތަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް  6،500 އަށްވުރެ ގިނަ މީހުން ހިމެނޭ އާއިލާތަކަކަށް އަސަރު ކޮށްފައި ވެއެވެ.

މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ޓެރަރިސްޓް ސަރުކާރުން ވަނީ މި ދުނިޔެއިން ނައްތާލާފައިވާ ޓެރަރިސްޓް ސިފައިންގެ އާއިލާތަކަށް ދޭ އިނާޔަތުގެ ބަޖެޓް 800 މިލިއަން ޝެކެލް 2.5 ބިލިއަނަށް އިތުރުކޮށްފައެވެ. އަދި ހަމާސްއިގެ ހަމަލާތަކުގެ ސަބަބުން ނުކުޅެދޭ ހާލަތަށްދިޔަ ޔަހޫދީ ޓެރަރިސްޓުންގެ އަދަދު އިތުރުވުމާއި ހަމާސްދެކެ ބިރުން ނަފްސާނީ ބަލި ޖެހޭ ޔަހޫދީންގެ އަދަދު އިތުރު ވުމުން މި އަދަދު 3 ބިލިއަން ޝެކެލްއަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ޔަހޫދީ ޓެރަރިސްޓު ސިފައިންގެ ވެރިން ބުނަނީ އަދި ހަނގުރާމަ ނުނިމޭ ކަމަށެވެ. ޙަމާސްއިން ވެސް ވަނީ އަދި ހަތިޔާރު ބަހައްޓަން ނުޖެހޭ ކަމަށް ބުނެފައެވެ.

މި ލިޔުމާ ގުޅޭ