ގާނޫނީ ބާރު ކަނޑުވަމުންދާތީ މަޖިލިސް ރައީސަށް ފިޔަވަޅު އަޅަން ފަށައިފިން: ޝަމްހީދު 

މުހައްމަދު އަލީ
އޮކްޓޯބަރ 13, 2025

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށް ވިދާޅުވެ، އޭނާ މަޖިލިސް ރައީސްކަމުން ވަކި ކުރަން ޖެހުނަސް، ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ރައީސް، ގާނޫނު އަސާސީ އާއި މަޖިލިސް ގަވާއިދުގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، މަޖިލިސް ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައިތިބޭ މީހުންނާ ސުވާލުކުރުމާބެހޭ، ގާނޫނު އަސާސީގެ ގާނޫނުއަސާސީގެ 98ވަނަ މައްދާގައި ބުނަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސްމަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއ،ި އެ މީހަކު އަދާކުރާންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީނ،ް އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށާއ،ި އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނަނީ މެންބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނ،ީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށ،ް އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާގެ އިތުރުން 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާ މަޖިލިސް ރައީސް ހިލާފް ވެފައިވާކަަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ ވަޒީރުންނާ ކުރަން ފޮނުއްވާފައިވަ ސުވާލުތައްކަށް ޖަވާބު ދިނުމަށް، ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދާ އެއްގޮތަށް މަޖިލިސް ރައީސް ވަޒީރުން މަޖިލީހަށް ހާޒިނު ނުކުރައްވާ ކަމަށެވެ.

އެއީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުން ކަަމަށް ވިދާޅުވެ، އެކަމާގުޅިގެން މަޖިލިސް ރައީސަށް ފިޔަަވަޅު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ. އެއީ މަޖިލިސް ރައީސް މަގާމުން ވަކިކުރުން ކަމަވިޔަސް އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖަމްޝީދު ވިދާޅުވީ މަޖިލީހުގެ ވަޒީރުންނާ ސުވާލުކުރަން މަޖިލިސް މެންބަރުން ފޮނުއްވާ ސުވާލުތަމަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ފޮނުއްވުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަވެސް ލާޒިމް ކުރާކަމެއް ކަމަށެވެ.

އެހެންކަމުން މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުން ނުފޮނުވަންޏާ، މަޖިލިސް ޖަލްސާތައް އެޖެންޑާ ނުކުރުމަށްވެސް ޖަމްޝީދު އެދިވަޑައިގެންނެވިއެވެ.

މި ލިޔުމާ ގުޅޭ