މިސްރުގެ ޝަރަމުއްޝައިޚު ރިސޯޓުގައި ބާއްވާފައިވާ ޒަޔަނިސްޓު ޔަހޫދީން ހިންގާ ޖެނޮސައިޑް ނިންމާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އިންޑޮނޭޝިއާގެ ޕްރޮބޯވޯ ރައީސް ހިފާފައިވާ ފަލސްޠީނުގައި އިންދާފައިޥާ ޔަހޫދީ ދައުލަތަށް ޒިޔާރަތް ކުރައްވާނެ އެވެ. އުންމަތުގެ އެންމެ މީސްގިނަ ގައުމުން ކުއްލިއަކަށް ޔަހޫދީންނަށް ދީލާލުމުން ގިނަ ސުއާލުތައް އުފެދިފައި ވެއެވެ.
މިކަން ޔަހޫދީންގެ މީޑިއާއިން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނިކޮށް، ޝަރަމުއްޝައިޚުގައި ޓްރަމްޕް ރައީސާއި ޕްރަބޯވޯ ރައީސް ސިއްރުން ދެއްކެވި ވާހަކަ ވަނީ އޮޅުމަކުން މައިކު ޖައްސާފައި ހުރުމުން ބޭޒާރުވެފައެވެ.
ޓްރަމްޕް ބޭނުންފުޅު ވަނީ އިންޑޮނޭޝިއާގެ ލިޑޯ ސިޓީގައި ޓްރަމްޕް އާއިލާއަށް އިންވެސްޓްމެންޓް ލިބޭށެވެ. މިއީ 7400 އޭކަރުގެ ބޮޑު ސިޓީއެކެވެ. ވެރިރަށް ޖަކާޓާއާ 37 މޭލު ދުރުގައި ޖަންގަލީގައި ހަދާ މި ރިސޯޓުގައި އިންވެސްޓު ކުރަން ޓްރަމްޕް އަބަދުވެސް ބޭނުންވިއެވެ. 2015ގައި ފެށި މި ޕްރޮޖެކުޓުގައި ޓްރަމްޕް އިންޓަރނޭޝަނަލް ގޮލްފް ކްލަބް ލިޑޯއަކީ އެރިކް ޓްރަމްޕް ލިޑޯ ރިސޯޓްގައި ބިނާ ކުރާ ތަނެކެވެ. އަދި ބާލީގައި ޓްރަމްޕް ރެސިޑެންސަސްގެ ނަމުގައި 120 އޭކަރުގައި ރިސޯޓެއްވެސ ްހަދަމުން ދެއެވެ.
އެރިކް ޓްރަމްޕަށް ވިޔަފާރި ފަހިކޮށްދެއްވުމަށް ޓްރަމްޕް ވާހަކަ ދެއެކެވިއިރު މައިކު އޮން ކޮށް ހުރިކަމަކަށް ދެ ރައީސުންނަށް އެނގިވަޑައެއް ނުގަތެވެ!
ޓްރަމްޕް ވަނީ އޭނާގެ ދަރިފުޅު އެރިކް ޓްރަމްޕާ ބެހޭ ގޮތުން ޕްރޮބޯވޯ ރައީސާ ވާހަކަ ދައްކަވާފައެވެ. އެރިކް އަކީ ޓްރަމްޕް ގެ ވިޔަފާރި ކުންފުނި ހިންގާ ފަރާތެވެ. އޭނާއަކީ ދުބާއީގެ ޝާހީއާއިލާއާ ގުޅިގެން ކްރިޕްޓޯގެ ވިޔަފާރިއާއި ސައޫދީ ޤަތަރު އަދި ސޫރިޔާގައި ބިމާއި އިމާރާތް ކުރުމުގެ ވިޔަފާރީގައި އުޅޭ ފަރާތެކެވެ.






