އެމެރިކާގެ ސްޓޭޓްތަކުން ޗައިނާގެ ޓެކް ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފަށައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 14, 2025

އެމެރިކާގެ ސްޓޭޓް އެޓާނީ ޖެނެރަލުން ވަނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާން ފަށާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދީ ބާރު ކަމަށްވާ އެމެރިކާ އާއި ޗައިނާގެ ގުޅުމަށް އިތުރު ފިނިކަމެއް ގެނެސްދޭނެ ކަމެކެވެ. މި ފިޔަވަޅުތައް އަޅަމުންދަނީ ކޮންސިއުމަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތަކާ ޗައިނާއިން ޚިލާފުވި ކަމަށް ތުހުމަތުކުރެވޭތީއެވެ.

ޓެކްސަސް އިން ޓީޕީލިންކް އާ ދެކޮޅަށް ތަހުގީގެއް ފަށައިފިއެވެ. އަދި ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން ވަނީ ޗައިނާގެ ނެޓްވޯކިން އިކުއިޕްމަންޓް އުފައްދާ ކުންފުނިން ވަނީ އެމެރިކާގެ ކޮންސިއުމަރުންގެ ނެޓްވޯކް ޓްރެފިކަށް ޗައިނާ ސަރުކާރަށް ހުއްދަނެތި ވަނުމަށް މަގުފަހިކޮށްފައި ކަމަށް ވިދަޅުވެފައެވެ. އަދި ޓީޕީ ލިންކް އަކީ ޗައިނާގެ ސަރުކާރުން މިނިވަން ކުންފުންޏެއް ކަމަށް ބުނެ ކޮންސިއުމަރުންނަށް އޮޅުވާލާފައިވާ ކަމަށާއި، ޓެކްސަސް ޑޭޓާ ޕްރައިވެސީ އެންޑް ސެކިއުރިޓީ އެކްޓާ އެކުންފުނިން ޚިލާފުވެފައިވާ ކަމަށް ވެސް ޕެކްސްޓަން ވިދާޅުވެއެވެ.

ޓެކްސަސްއާއެކު މިފަދަ ގާނޫނީ ފިޔަވަޅު އަޅަމުންދާ ސްޓޭޓްތަކުގެ ތެރޭގައި ފްލޮރިޑާ އާއި ނެބްރަސްކާ ހިމެނެއެވެ. ނެބްރަސްކާގެ އެޓާނީ ޖެނެރަލް މައިކް ހިލްގާސް ވަނީ ޑާހުއާ ޓެކްނޮލޮޖީން އުފައްދާ ގޭގެ ސެކިއުރިޓީ ކެމެރާ ބްރޭންޑެއް ކަމަށްވާ ލޮރެކްސް އާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. ތުހުމަތުކުރެވޭ ގޮތުގައި ލޮރެކްސް އިން ވަނީ ޗައިނާ ކުންފުންޏާ ހުރި ގުޅުން ސިއްރުކޮށްފައެވެ.

މީގެ އިތުރުން، ޗައިނާގެ މަޝްހޫރު އީ-ކޮމާސް އެޕް ޓީމޫ އަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުން ޓީމޫއަށް ތުހުމަތުކުރަނީ ކޮންސިއުމަރުންގެ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށެވެ.

ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން އިން އޮކްޓޯބަރު 28 ގައި ވޯޓަށް އަހަން ނިންމާފައިވަނީ ހުއާވޭ އަދި ހިކްވިޝަން އަދި ޑާހުއާ ފަދަ ކުންފުނިތަކުގެ ބައިތައް ހިމެނޭ ޑިވައިސްތަކަށް ހުއްދަ ދިނުމާ ބެހޭ ގޮތުންނެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވޭ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުނިތަކެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

މި ލިޔުމާ ގުޅޭ