ހުޅަނގު މޫސުމުގެ ބާރު ރާއްޖެއަށް ގަދަވެ ވައިބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ބުނެފިއެވެ. އެ އޮފީހުން ބުންނެފައިވަނީ އެހެން ކަމުން އާންމު އެންމެންނާއި، ޚާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި މޫސުމަށް ސަމާލުވުމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައި ގަދަވާނޭ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ. އަދި އާންމުކޮށް ކަނޑުތައް ގަދަވާނޭ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނޭ ކަމަށް ވެސް ވަނީ ބުނެފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.






