ރައީސް ނަޝީދު/ފޮޓޯ މިހާރު

އިހަށް މަޑުކޮށްލާ: ނަޝީދު

މުހައްމަދު އަލީ
އޮކްޓޯބަރ 18, 2025

ކުރިއަށް އޮތް އިންތިޚާބު ތަކުގެ ޝިއާރަކަށް ވާންވީ، ”އިހަށް މަޑުކޮށްލާ“ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދެން ވެރިކަމަށް އަންނަ ރައީސަކު ވައުދުވާންވީ ”މަޑުޖެހިލާން،“ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ  މަސައްކަތްތައް، ހަތަރު ފަސް އަހަރަށް ހުއްޓާލަން މުހިންމުކަން ބަޔާން ކޮށްދެއްވުމަށެވެ.  ބޭނުމަކީ ދަރަނިދައްކައި ޚަލާސް ކުރުމަށް ފަސޭހަ ކުރުމެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ”ކޮންކްރީޓަކީ ތަރައްގީއެއް ނޫން. އެއީ ގިނަފަހަރު ދަރަނި. ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ، ބަޖެޓް ސާޕްލަސް (ބަކީ) އާއި ރިޒާވް އިތުރު ކުރެވި، ދަރަނި ކުޑަ ކުރެވިގެން،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށާއި، ވާންމިދާ ގޮތާއި، އެމަނިކުފާނު އެ ދައްކަވާ ވާހަކަފުޅު ދިވެހީންނަށް ސާފު ވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ