ހަލާލު އުފެއްދުން ވިއްކުން މަނާ ކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 22, 2025

”އެއްޗެއް ގަންނަ ކޮންމެ ފަހަރަކު އެ އެއްޗެއްގައި ހަލާލު ސެޓްފިކެޓް ޓެގް ނެތްކަން ޔަގީން ކުރަންވީ. މި ހުރިހާ ފައިސާއެއް އިންޑިއާގައި ޓެރަރިޒަމާއި ލަވް ޖިހާދާއި މީހުން އިސްލާމް ދީނަށް ވެއްދުމަށް ބޭނުން ކުރަނީ“. ޔޯގީ ބުނެފައި ވެއެވެ.

ޔޯގީ އަކީ އިސްލާމް ދީނާ ދެކޮޅުވެރިކަން ސިޔާސަތެއްގެ ގޮތުގައި ބޭނުން ކުރާ މީހެކެވެ. އޭނާގެ ވެރިކަމުގައި މިއަހަރުގެ މައުލިދުއްނަބަވީގައި މުސްލިމުން އައި ލަވް މުހައްމަދު ޖެހި ބޯޑުތައް ހިފައިގެން އުޅުމުން އެމީހުން ހައްޔަރުކޮށް އެމީހުންގެ ގެތައް ތަޅާލައިފައި ވެއެވެ. މިކަން އިންޑިއާގައި ބޮޑު ބަހުސަކަށްވެ މުސްލިމުންނާ މެދު ނޭއްގާނި ސިޔާސަތު ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ޔޯގީ ވަނީ ޔޫޕީގައި ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތައް އުފެއްދުމާއި، ރައްކާކުރުމާއި، ބެހުމާއި، ވިއްކުން މަނާކޮށްފަ އެވެ. ޔޯގީގެ ބީޖޭޕީގެ ހަރުކަށި ސަރުކާރުން މިފިޔަވަޅު އެންމެ ފުރަތަމައަށް އެޅީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެއިރު ބުނެފައި ވަނީ އެކްސްޕޯޓު ބޭނުމަށް ހަލާލު ސެޓްފިކެޓް ޖެހި އުފެއްދުންތައް އުފެއްދުން ހުއްދަ ކަމަށެވެ.

މުސްލިމުން ހަލާލު ސެޓްފިކެޓުން ލިބޭ ފައިސާ ޓެރަރިޒަމަށް ހޭދަކުރާކަމަށް ޔޯގީ ބުނާ ވާހަކައަކީ ސާބިތު ނުހިފޭ އަސްލެއް ނެތް ވާހަކައެކެވެ. ޔޫޕީއާއި އެހެން ސްޓޭޓްތަކުގައި ހިންދީންގެ ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށް މުސްލިމުންވެފައި ވެއެވެ. އަދި ކޮންމެ ދުވަހަކުހެން އެމީހުންނަށް އެފަދަ ހަމަލާތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ޔޯގީ މި ބަޔާން ނެރުނީ ރަޝްތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރުއެސްއެސް) އަށް ސަތޭކަ އަހަރު ފުރުމުގެ މުނާސަބަތުގައި ގޯރަކްޕޫރުގައި ބޭއްވި ސަގާފީ ހަރަކާތެއްގައެވެ. އާރްއެސްއެސްއަކީ މިނިވަން އިންޑިއާގައި އެބންމެ ފުރަތަ ޓެރަރިސްޓް ހަމަލަ ދިން ޖަމާއަތެވެ. އެހަމަލާއަކީ މަހާތުމާ ގާނދީ އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއެވެ.

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި އިސްލާމޯފޯބިއާގެ ސިޔާސަތެއް ތައާރަފްކޮށް ހަލާލު މުދާ އުފެއްދުމާއި ލޭބަލް ކުރުން މަނާ ކޮށްފިއެވެ.

މުސްލިމުންނާ ދެކޮޅުވެރި ހިންދޫތުވާގެ ސިޔާސަތު ތަންފީޒުކުރާ ހައްދުގފަނައަޅާފައިޥާ ހަރުކަށި ބީޖޭޕީގެ ޗީފް މިނިސްޓަރު ޔޯގީ އަދީއްޔާނާތު ވަނީ ހަލާލު ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތައް ނުގަތުމުން އާންމުންނަށް އިންޒާރު ދީފައެވެ. އޭނާ ބުނަނީ އެފަދަ އުފެއްދުންތަކަކީ 280 މިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި އެ ފައިސާއިން ލިބޭ އާމްދަނީއަކީ، ޓެރަރިޒަމާއި ހިންދީން އާންމު ބުނާ ލަވް ޖިހާދާއި ގަދަކަމުން މީހުން ދީނަށް ވެއްދުންފަދަ ކަންކަމަށް ބޭނުން ކުރާ ފައިސާ ކަމަށެވެ.

 

 

މި ލިޔުމާ ގުޅޭ