ރައީސް ނަޝީދު އެދިވަޑައިގެންނެވީ ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް

މުހައްމަދު އަލީ
އޮކްޓޯބަރ 26, 2025

އައްޑޫ ސިޓޫގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުންވެސް ބާރު އަޅުއްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މިއަދުގެ ވޯޓުގައި ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2176 ވޯޓު، ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2251 ވޯޓު، އެހެނަސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުލަބިއްޔަތު ވޯޓުދިނީ ސިޓީއިން ވަކިވާން،“ ކަމަށެވެ.

”މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުންވެސް ބާރު އަޅުއްވާނޭ ކަމަށް އަޅުގަނޑު އުންމީދު ކުރަން،“ ނަޝީދު ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ