ސިނގެރޭޓު ވައްކަން: އެމްޕީއެލްގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
އޮކްޓޯބަރ 26, 2025

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުނަކީ އެމްޕީއެލްގެ މުވައްޒަފުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފަހުން ހައްޔަރުކުރި ތިން މީހުން:

އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ.ވައިކަރަދޫހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫއަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ

ފުލުހުން ބުނެފައިވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ ތިން މީހުންނަކީވެސް ސިނގިރޭޓް ކޮންޓެއިނަރުތައް ގެއްލުނު ހުޅުމާލެ ޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެ މީހުން ހައްޔަރުކުރުމުގެ ކުރީން އެމްޕީއެލް އިން ވަނީ އެ މީހުން ސަސްޕެންޑްކޮށްފައިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެ މީހުން ސަސްޕެންޑްކުރީ މި މައްސަލައިގެ ތަހުގީގު ކުރއަށް ގެންދިއުމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

މި ލިޔުމާ ގުޅޭ