މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުސަތު

މުހައްމަދު އަލީ
އޮކްޓޯބަރ 27, 2025

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާ އެއްގޮތަށް އެކޮމިޝަނުގެ ރައީސްކަމަށް މެމްބަރު މުހައްމަދު ފަރުސަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޭނާ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރަން ފާސްކުރީ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަރވިއު ކުރުމަށްފަހު އެވެ. އެމަގާމަށް ފަރުސަތު އައްޔަންކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުސަތު އައްޔަންކުރަން ފާސްކުރީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމަށް، ގާނޫނުގައިވާގޮތުން ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މީޑިއާ ކޮމިޝަނުގައި ތިއްބަވަނީ 7 މެންބަރުންނެވެ. އެއީ މަޖިލީހުން އައްޔަން ކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިހާބު ކުރެއްވި 4 މެންބަރުންނެވެ.

މި ލިޔުމާ ގުޅޭ