ދިއްފުށީ އައު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

މުހައްމަދު އަލީ
އޮކްޓޯބަރ 28, 2025

މާލެ އަތޮޅުގެ ދިއްފުށީގައި ސްޓެލްކޯއިން ގާއިމް ކޮށްފައިވާ އައު އިންޖީނުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

އިންޖީނުގެ ހުޅުވައި ދެއްވީ އެ ކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާޙް ރަޝީދާއި، ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިންޖީނުގޭގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަހަރު ޖޫންމަހު 26 ވަނަ ދުވަހުއެވެ. މަސައްކަތް ނިމިފައިވަނީ މިއަހަރު އެޕްރީލް ތިރީހުގައެވެ. އިންޖީނުގެއާއެކު ކަސްޓަމަރ ސަރވިސް ބިލްޑިންގަކާއި އިންފާރު ވެސް ވަނީ ރާނައިފައެވެ. މި މަސައްކަތް ކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑުންނެވެ. މަސައްކަތުގެ އަގަކީ 12،535،490.33 ދިވެހި ރުފިޔާ އެވެ.

އަލަށް އިމާރާތްކޮށް ހުޅުވި އިންޖީނުގޭގެގެ ކެޕޭސިޓީއަކީ ހަތް މެގަވޮޓެވެ. ކުރީ އިންޖީނުގޭގެ ކެޕެސިޓީއަކީ 2.2 މެގަވޮޓެވެ. އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް  ހިމެނެއެވެ.

މި ލިޔުމާ ގުޅޭ