ކޮޅުވެއްޓިއެއް ބަންޑުންވެ އެކަކު މަރުވެއްޖެ

މުހައްމަދު އަލީ
ނޮވެމްބަރ 2, 2025

މާލޭ އެމްޕީއެލްއާ ދިމާބޭރުގައި އޮތް ބޯޓަކުން މުދާ ބަރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ އެމްޕީއެލްގައި ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މަސްއޫދު ހޮސައިން (32އ) އެވެ. އޭނާއަކީ 2022 ވަނަ އަހަރުން ފެށިގެން އެމްޕީއެލްގައި މަސައްކަތް ކުރަމުން އައިސް ފައިވާ މީހެކެވެ.

މިހާދިސާގައި ހަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްދީގެން ފަރުވާދޭން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި ހާލުބޮޑު އެކަކު ހިމެނެއެވެ. އެއީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިތުރު ބިދޭސީއެއްގެ ހާލުވެސް ސީރިއަސް ކަމަށް އެނގިފައިވެއެވެ. ފަރުވާދެމުންދާ ހަ މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހީންނާއި ދެ ބިދޭސީއެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ޖުމްލަ ސާދަ މީހުން ތިބިކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އެންމެވެސް ވަނީ ފެނިފައެވެ.

މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:44 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ