އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވާނެކަން ނެންސީ ޕެލޯސީ އިއުލާން ކުރެއްވުމާ ގުޅިގެން އޭނާއަށް ފުރައްސާރަ ކޮށްފައެވެ. ނެންސީ ޕެލޯސީއަކީ އެމެރިކާ ކޮންގްރެސްގެ ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ލީޑަރެވެ. އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ހައުސް ސްޕީކަރު ނޭންސީ ޕެލޯސީ ސިޔާސީ ދާއިރާއިން ރިޓަޔާވެ ވަޑައިގަންނަވާ ކަން އިއުލާން ކުރެއްވުމުން ޓްރަމްޕް ބުނެފައި ވަނީ އެއީ ”ނުލަފާ އަންހެނެއް“ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޕެލޯސީ ވަނީ ކޮންގްރެސްގައި 30 އަހަރު ހޭދަކުރެއްވުމަށް ފަހު ދެން ކުރިމަތި ނުލައްވާނެ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޕެލޯސީއަކީ ސިއްހީ ދާއިރާ އިސްލާހުކުރުމާއި ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތް ފަދަ ގާނޫނު ހަދާ މަޖިލީހުގެ ބޮޑެތި ހަނގުރާމަތައް ބައްޓަންކުރެއްވި ލީޑަރެކެވެ.






