ޔަހޫދީންނަށް މުސާގެފާނުގެ ޒަމާނުގައި ބާވައި ލެއްވިފަދަ ކޯފާތަކާ ކުރިމަތިލާން ޖެހިފައި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 7, 2025

ހިފާފައިޥާ ފަލަސްޠީނުގެ ޠަބާރިގާއި ޔަހޫދީންނަށް މުސާގެފާނުގެ ޒަމާނުގައި ބާވައި ލެއްވިފަދަ ކޯފާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މައާރީފްގައި ގެންސްފައިވާ ރިޕޯޓެއްގައި ބުނަނީ ހިފާފައިވާ ފަލަސްޠީނުގެ ހިފފައިވާ ސިޓީއެއްކަމަށްވާ ޠަބާރިއާގެ މޫރާން މަގުގެ އަވަށުގައި ހުންނަ ގެތަކުން އާދަޔާ ޚިލާފަށް ނަގުލުންދާށްޓާއި ހަރުފަތައް ފެންނަ ކަމަށެވެ. އެކަކުގެ ވާހަކަ ކިޔައި ދެމުން ބުނެފައި ވަނީ ރޭނގަނޑު ފެން ބޯން ތެދުވިއިރު ކުއްތާ ނިންދަވާ ތަނުންވެސް ހަރުފައެއް ފެނުނު ކަމަށާއި އެއަށްފަހު ބަދިގެއަށް ދިޔައިރު އެތަނުންވެސް އަދި ފާޚާނާއިންވެސް ހަރުފައެއް ފެނުނު ކަމަށެވެ. ބައެއް ހަރުފަތައް ހީވަނީ މިފަހުން ވިހެއި ތަކެތި ހެންނެވެ.

އަދި އެހެން ބައެއް ގެތަކުން ނަގުލުންދާށި ހަމަ އެވަރަށް ފެންނަ ކަމަށް ރިޕޯޓްގައި ވެއެވެ.

﴿133﴾ އަލްއަޢުރާފް فَأَرْسَلْنَا عَلَيْهِمُ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ آيَاتٍ مُّفَصَّلَاتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ

ތަރުޖަމާ:

ދެން ކަނޑައެޅި، ބަޔާންވެގެންހުރި އާޔަތްތަކެއް ކަމުގައި (ފެންބޮޑުވުމުގެ) ޠޫފާނާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.

 

މި ލިޔުމާ ގުޅޭ