ޖެނޮސައިޑް ހިންގާކަން ޔަގީން ވުމުންވެސް ބައިޑެން އިސްރާއީލަށް އެހީ ދިން

އިބްރާހީމްް ސަމީރު
ނޮވެމްބަރ 8, 2025

ރިޔާސީ ދައުރުގެ އެންމެ ފަހު ހަފްތާތަކުގައި ޖޯ ބައިޑަން ވަނީ ޣައްޒާގައި ކުރިއަށް ގެންދިޔަ ޖެނޮސައިޑާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ފައެވެ. ނަމަވެސް ފަހު ވަގުތު ބައިޑެން ވަނީ އިސްރާއީލަށް އެމެރިކާއިން ދޭ ތާއީދަށް ބަދަލު ގެނައުމަށް ދެކޮޅު ހައްދަވާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާއަށް ލިބުނު މައުލޫމާތުން އިސްރާއީލުގެ އަސްކަރީ އުކުޅުތަކާއި އިންސާނީ އެހީތަކަށް ހުރަސްއެޅުންތަކުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ފާހަގަ ކުރިއެވެ. އަދި މިކަމާ ގުޅިގެން އެމެރިކާގެ ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ފެށިއެވެ. ބައިޑަން އާއި ކެބިނެޓްގެ މެމްބަރުންނާއި އިސް އެހީތެރިން ބައިވެރިވި ބައްދަލުވުންތަކުގައި ބައެއް އޮފިޝަލުން ވަކާލާތު ކުރެއްވީ އެމެރިކާ އިންދޭ ފައިސާއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅާ ގައުމުތަކަށް އެހީ ދިނުން މަނާކުރާ ފޮރިން އެސިސްޓެންސް ގާނޫނުގެ މާއްދާ 620އައި ފަދަ ގާނޫނުތަކުގެ ދަށުން އެމެރިކާގެ ޖާސޫސީ މައުލޫމާތު އިސްރާއީލާ އެކު ހިއްސާކުރުން ހަނިކުރުމަށެވެ.

މިކަމަށް ސަރުކާރުގެ އެތެރޭގައި ބަހުސްތަކެއް ކުރެވުނެވެ. އަދި، ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ކަންބޮޑުވުންތަކެއް ހުރި ކަން ފާޅުކުރެއްވިއެވެ. ނަމަވެސް ބައިޑެން ނިންމެވީ ތާއީދު ދަމަހައްޓާށެވެ. އަދި އެމެރިކާގެ އެހީ ދިނުން ޖާއިޒުކުރުމުގެ ގޮތުން އޮފިޝަލުން ފާހަގަކުރީ އިސްރާއީލުން ގަވާއިދާ ހިލާފުވުމުގެ އަމަލެއް ހިންގަފައިވާކަން ސީދާ އެމެރިކާއިން އެއްކުރި ހެކިތަކުން ލިބެން ނެތް ކަމަށް ބުނަމުންނެވެ. އަދި ބައިޑަންގެ މެދުއިރުމަތީގެ މައްސަލަތަކާ ބެހޭ އެންމެ އިސް މުޝީރު ބްރެޓް މެކްގާކް ވަނީ އިޒްރޭލާއި މެދުއިރުމައްޗާ މެދު ގެންގުޅޭ އެއްވެސް ސިޔާސަތަކަށް ބަދަލެއް ގެނައުމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ނިމިގެން ދިޔައީ އޭނާ ހުށަހެޅުއްވި ގޮތަށެވެ.

މި ލިޔުމާ ގުޅޭ