އެލަސްކާގެ ވިޓިއަރ: މުޅި ރަށުގެ ރައްޔިތުން ދިރިއުޅެނީ އެންމެ އިމާރާތެއްގެ ތެރޭގައި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 10, 2025

އެލަސްކާގެ ދެކުނުގެ ފަރުބަދަތަކުން ވަށާލެވިފައިވާ، އަދި ގިނަ ފަހަރަށް ފިނި މޫސުމުގެ ގަނޑުފެނުގައި ގެނބިފައިވާ އެހަކެރި ބަނދަރު ރަށެއް ކަމަށްވާ ވިޓިއާ އަވަށަކީ، ދުނިޔޭގެ އެހެން ތަންތަނާ ތަފާތު ޚާއްސަ އަވަށެކެވެ.

މިއަވަށުގެ 263 މީހުންގެ ކުޑަ އާބާދީއެއް އޮވެއެވެ. މި އަވަށުގެ އެންމެންގެ ދިރިއުޅުން ބިނާވެފައި ވަނީ ގާތްގަނޑަކަށް އެންމެ ބިޔަ އިމާރާތެއްފަދަ އެކުވެންޏެއްގައެވެ.

ފިނިހަނގުރާމައިގެ ޒަމާނުގައި ބިނާކުރެވުނު 14 ބުރީގެ ބެގިޗް ޓަވަރސް އަކީ، މި ރަށުގެ ރައްޔިތުންގެ ގެތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ހިމެނޭ އިމާރާތެވެ.

މި އިމާރާތް އެންމެ ފުރަތަމަ ބިނާކުރެވުނީ އެމެރިކާގެ ސިފައިންގެ މީހުންނަށް ހާއްސަކޮށްގެންނެވެ. ނަމަވެސް 1964 ވަނަ އަހަރު އައި ބިންހެލުމަށްފަހު މި ސަރަހައްދަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި މި އިމާރާތް ވަނީ މަދަނީން ބޭނުންކުރާ އިމާރާތަކަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، ވިޓިއަރ ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖައްސަނީ އެއް ފުރާޅެއްގެ ދަށުންނެވެ. މިގޮތުން، ސްކޫލްތަކާއި، ފިހާރަތަކާއި، އަދި ސިއްހީ ހިދުމަތްތައް ވެސް ހުންނަނީ މި ޓަވަރުގެ ތެރޭގައެވެ.

ވިޓިއަރގެ ތާރީޚަށް ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1943 ވަނަ އަހަރު ފެޑެރަލް ރޭލްވޭ މެދުވެރިކޮށް ސިފައިންނާއި މުދާ އުފުލުމަށް މި ސަރަހައްދު ގުޅުވުނެވެ. 1969 ވަނަ އަހަރު ވިޓިއަރ ރަސްމީކޮށް ސިޓީއެއްގެ ގޮތުގައި އިއުލާނުކުރެވުނެވެ.

މިއަދު ވިޓިއަރގެ އިގްތިސާދުގެ މައިގަނޑު ބަޔަކީ ފަތުރުވެރިކަމެވެ. އަހަރަކު 7 ލައްކައަށް  ވުރެ ގިނަ ފަތުރުވެރިން މި ރަށަށް ޒިޔާރަތްކުރެއެވެ. މިއީ، އެންމެ އިމާރާތެއްގެ ތެރޭގައި ދިރިއުޅޭ މި ކުޑަ މުޖުތަމަޢުއަށް ބޭރު ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކަމެކެވެ.  ބެގިޗް ޓަވަރސް އަކީ، ފިނި މާހައުލެއްގައި އިންސާނުންގެ ދިރިއުޅުން ހިފެހެއްޓުމަށްޓަކައި އެޅުނު އާދަޔާޚިލާފު އިންޖިނިއަރިންގގެ މިސާލެކެވެ.

މި ލިޔުމާ ގުޅޭ