ޖެނީވާގައި ބަލޫޗީންގެ ހައްގުތަކާ ބެހޭ ސެމިނާރެއް ބާއްވައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 19, 2025

ޖެނީވާގައި ބޭއްވި ހިއުމަން ރައިޓްސް ވީކްގައި ބަލޫޗިސްތާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ދުނިޔެއިން ސަމާލުކަން ދިނުމަށް ގޮވާލައިފިއެވެ. ޔުނިވާސިޓީ އޮފް ޖެނީވާގައި ބާއްވާފައިވާ ހިއުމަން ރައިޓްސް ވީކް 2025 ގައި، ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ މެދު ވާހަކަ ދައްކާފައި ވެއެވެ. ބަލޫޗް އެޑްވޮކޭޝަން އެންޑް ސްޓަޑީޒް ސެންޓަރ (ބީއޭއެސްސީ)ގެ ރިސާޗް އެސޯސިއޭޓް އައިޝާ ބަލޫޗް ވަނީ، ބަލޫޗިސްތާނުގައި ގާނޫނީ ވެރިކަމެއް ނެތުމާ ދެކޮޅަށް ބަލޫޗް އަންހެނުންގެ ކުރަމުންދާ ހަނގުރާމަ ގެ ނަމުގައި ބޭއްވި ޚާއްސަ ސެޝަނެއްގައި ނިޒާމުން މީހުން ގެއްލުމުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ގަދަކަމުން ނިޒާމުން މީހުން ގެއްލުވާލުމާއި، ޝަރީއަތުން ބޭރުގައި މީހުން މަރާލުމާއި، ގިނަ އަދަދެއްގެ ގޮތް ނޭނގޭ ގަބުރުތައް އެ ސަރަހައްދުގެ އެތައް މިތަނުން ފެންނަމުންދާ މައްސަލަތަކަކީ ސަމާލުވާން ޖެހޭނެ މައްސަލަތަކެއް ކަމަށެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އައިޝާ ބަލޫޗް ވަނީ ބަލޫޗިސްތާންގައި އާންމުކޮށް ހިނގަމުންދާ ނިޒާމުން ގެއްލުވާލުމުގެ ހާދިސާތަކަކީ އެ ސަރަހައްދުގައި ގާނޫނީ ވެރިކަމެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ބަލޫޗީ ރައްޔިތުން، ޚާއްސަކޮށް އަންހެނުންނަށް ކުރިމަތިވަމުންދާ ދަތިތައް އޭނާ ވަނީ ތަފްސީލުކޮށް ދެއްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގައި އައިޝާ ބަލޫޗާ އެކު، ނިދާ ޔާސްމީން ކިރްމާނީއާއި، ޑރ.ސަބީހާ ބަލޫޗް، އަދި ސަމީދީން ބަލޫޗް ފަދަ އެކަޑެމިކުންނާއި އެކްޓިވިސްޓުން ބައިވެރިވެފައި ވެއެވެ.

މި ބޭފުޅުން ވަނީ ބަލޫޗް ޔަކްޖެހްތީ ކޮމިޓީ ފަދަ އަންހެނުން އިސްވެ ހިންގާ ހަރަކާތްތަކުގެ މުހިންމު ކަން ފާހަގަކުރައްވާ، މިފަދަ ހަރަކާތްތަކަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބަލަގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ އެ މަސައްކަތަށް  ތައުރީފުކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ