"ޝެރާ ޕްލޭންކް" ތެތްކަމާއި ލޮނުވައިގެ މާހައުލަށް އެންމެ އެކަށީގެންވާ ހައްލު

އިބްރާހީމްް ސަމީރު
ނޮވެމްބަރ 20, 2025

ދުނިޔޭގެ ފެންވަރުގެ އިމާރާތް ކުރުމުގެ މެޓީރިއަލްސް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމުގައި އިސްދައުރެއް އަދާކުރާ ލީޑިންގ ހާރޑްވެއަރ ފިހާރަ، ސްޓީލްހާޑްވެއަރ އިން، ތެތްކަމާއި ލޮނުވައިގެ މާހައުލަށް ޚާއްސަވެގެންފައިވާ، ދިގު މުއްދަތަކަށް ދެމިހުންނަ އަދި ރީތި އުފެއްދުމެއް ކަމަށްވާ ”ޝެރާ ޕްލޭންކް“ ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި އުފެއްދުން ތަޢާރަފްކުރެވުމާއެކު، ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސްޓީލްހާޑްވެއަރ އިން ބުނެއެވެ.

ޝެރާ ޕްލޭންކަކީ، ބާރުގަދަ ކުރުމަށްޓަކައި ގުދުރަތީ ފައިބަރުތަކުގެ ސްޓްރަކްޗަރެއް ހިމަނައިގެން އުފައްދާފައިވާ ސިމެންތި އާއި ސެލިއުލޯސް ފައިބަރު ކޮމްޕޮސިޓް މެޓީރިއަލްއެކެވެ. ބޭރުފުށުން ބަލާއިރު ލޮލަށް ރީތިކޮށް ފެންނަ މި މެޓީރިއަލް ހީވާނީ ލަކުޑީގެ ބާވަތެއް ހެންނެވެ. މިއީ ފެން ވިއްސާތަންތަނަށާއި ތެތްކަން ހުންނަ ތަންތަނަށް އެކަށީގެންވާ މެޓީރިއަލް އެކެވެ. ޚާއްޞަކޮށް ރާއްޖޭގެ މާހައުލުގައި ހުންނަ ތެތްކަމާއި ލޮނުވައިގެ ސަބަބުން އާދައިގެ ލަކުޑީގެ އުފެއްދުންތަކުގައި އަޅާ ކަތުރު ފަންޏާއި އަދި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ޝެރާ ޕްލޭންކަކީ އެކަށީގެންވާ މުނާސިބު ހައްލެކެވެ.

ޝެރާ ޕްލޭންކްގެ މުހިންމު ސިފަތަކުގެ ތެރޭގައި، ތެތްތަނަށް އެކަށީގެންވުމާއި، އަލިފާން ނުހިފުމާއި، ހޫނާއި، ފެނާއި، އަދި ކެމިކަލްގެ (ކޮރޯޝަން) އަސަރަށް ނުގުޑުން ހިމެނެއެވެ. މިއީ، މާ ބޮޑު މަރާމާތެއް ކުރުމަކާ ނުލައި ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް އުފައްދާފައިވާ މެޓީރިއަލްއެކެވެ. މިއީ، ކަތުރުފަންޏަށް ގުޑުވާ ނުލެވޭ އަދި ފެނުގެ އަސަރު ވެސް ނުކުރާ އުފެއްދުމެކެވެ.

ނަލަފިލާގެ ބަދަލުގައި ނުވަތަ ބޭރު ފާރުތަކުގައި ކްލެޑިންގގެ ގޮތުގައި ޝެރާ ޕްލޭންކު ބޭނުން ކުރެވޭނެ ކަމަށް ސްޓީލްހާޑްވެއަރ އިން ފާހަގަކުރެއެވެ. ނަލަފިލާގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އިމާރާތަށް ފެނުގެ އަސަރު ކުރިޔަ ނުދިނުމަށާއި، އިމާރާތުގެ ބޭރު ޒީނަތްތެރި ކުރުމަށްވެސް ޝެރާ ޕްލޭންކް ބޭނުން ކުރެވޭނެއެވެ. ޒަމާނަށް ދެމިދާ ގޮތަށް އިމާރާތް ކުރުމުގައި ބޭނުން ކުރާ މި ބާވަތުގެ މެޓީރިއަލް ރާއްޖޭގެ ކޮންމެ މާހައުލަކަށްވެސް އެކަށީގެންވާނެ ކަމަށް ސްޓީލްހާޑްވެއަރ އިން ވިދާޅުވެއެވެ.

ލަކުޑީގެ ބަދަލެއް ކަމުގައިވާ ޝެރާ ޕްލޭންކަކީ އެކްސްޓީރިއަރ އަދި އިންޓީރިއަރ ފާރުތަކުގެ ޑެކަރޭޓިވް ބޭނުންތަކަށް މާބޮޑަށް ރަނގަޅު ހައްލެކެވެ. ޝެރާ ޕްލޭންކް އިމާރާތުގެ ބޭރު ފާރުގައާއި އެތެރޭގެ ފާރުތަކުގައި ޖެހުމަށް އަދި ފާރުތަކުގައި އެކްސްޓީރިއަރ ކްލެޑިންގެ ގޮތުގައި ނުވަތަ އެހެން ފިނިޝިން އެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ. އަދި ބެކަރ ބޯޑެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ އެވެ.

ޝެރާ ޕްލޭންކް ކަސިއާ އަދި ޓީކް ފަދަ ތަފާތު ޓެކްސްޗަރތަކުގައި ލިބެން ހުންނައިރު، ސްޓީލް ހާޑްވެއަރ އިން މިވަގުތު މާކެޓަށް ތައާރަފްކޮށްފައި ވަނީ ޝެރާ ޕްލޭންކް ކަސިއާއެވެ.

މި ލިޔުމާ ގުޅޭ