ގައުމީ ފެންވަރުގައި ހިންގާ މަސައްކަތްތަށް މޮނިޓަރކޮށް ގާތުން ވިލަރެސް ކުރުމަށް ކޮންމެ އަތޮޅެއްގައި ރައީސްގެ އެޖެންޓެއްގެ ގޮތުގައި އަތޮޅުވެރިޔަކު ނުވަތަ ގަވަރުނަރަކު ހުންނަންވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެރިވެވަންވާނެއެވެ.
”އެބޭފުޅަކު ވާންވާނީ، އެ އަތޮޅެއްގެ އިންތިޚާބީ މަގާމްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އަދި ފަތްކޮޅުދެއްވާ ބޭފުޅަކަށް،‘ އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖެއަކީ މާކަޑުނގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގައުމަކަށްވާތީއެވެ. އެހެން ކަމުން އެއް ރަށެއްގައި ގާއިމް ކުރެވިފައިވާ ސަރުކާރަކަށް ހުރިހާ އަތޮޅުތަކެއްގައި ގައުމީ ފެންވަރުގައި ހިންގާ މަސައްކަތްތަށް މޮނިޓަރކޮށް ގާތުން ވިލަރެސް ކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 189 ވަކިވަކި ކައުންސިލުން ސީދާ މިނިސްޓްރީ ތަކާ ކޯޑިނޭޓްކޮށްގެން، ގައުމީ ލެވެލްގެ ކަންކަން ހަލުވިކަމާއެކު ކުރުމަކީވެސް ކުރެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވެފައިވެއެވެ. ”ރަށު ކައުންސިލް ތަކުގެ ރޯލަކީ ރަށުފެންވަރުގައި ހިންގާ ކަންކަން ވިލަރެސް ކުރުމުވެ. އަތޮޅުގައި ހިންގާ ގައުމީ ފެންވަރުގެ ކަންކަން ވިލަރެސް ކުރާނެ އިދާރާއެއް ވަކިން ހުންނަންވާނެއެވެ.“
އުމަރު ވިދާޅުވެފައިވަނީ ”އަތޮޅުވެރިޔާ ނުވަތަ ގަވަރުނަރަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ’އެޖެންޓް‘ އެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި އަތޮޅުގެ ރައްޔިތުންނާ، ދައުލަތުގެ މުއައްސަސާތަކާ ގުޅުވާދޭ ފާލެމެވެ. ފޮރިން އިންވެސްޓަރުންނަށް މަގުކޮށައިދޭ އެކުވެރިޔާ އެވެ. މިއީ ދައުލަތުގެ ކަންކަން ބެލެހެއްޓެވުމަށް އެ އަތޮޅުގައި ހުންނަވާ އެންމެ އިސްވެރިޔާ އެވެ. މި ބޭފުޅެއްގެ ކިބައިގައި ވަޒީރެއްގައި ހުރުން ލާޒިމް ސިފަތަށް ހުރުމާއި، އަތޮޅުގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގެ މަގާމްތައް އަދާ ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކަށް ވާންވާނެއެވެ. މިއީ ޕާޓީ އެކްޓިވިސްޓުންގެ މަޤާމަކަށް ވެގެން ނުވާނެއެވެ.“






