ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެ: ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 26, 2025

ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިމަހު ފަންސަވީސްވަނަ ދުވަހުގެރޭ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅުވައިގެންނެވެ. ރައްޔިތުންގެ މިކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަޕްޑޭޓު ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ