ސްޓެލްކޯ ބިލްޑިން/ފޮޓޯ އަވަސް

އަނިޔާވި މުވައްޒަފުގެ އާއިލާއަށް ހިތާމަލިބިދާނެ ފަދަކަންކަމުން ދުރުވޭ: ސްޓެލްކޯ

މުހައްމަދު އަލީ
ނޮވެމްބަރ 26, 2025

ހުޅުމާލޭ ބައުއިންޖީނުގޭގައި މިއަދު ހިނގި ހާދިސާގައި އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނޭފަދަ ހުރިހާ އަމަލަކުން ދުރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

އެ ހާދިސާ ހިނގީ އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ.

”މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.“ ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާ ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނޭ ކަމަށެވެ.

”އަޅުގަނޑުމެންގެ އިހުލާސްތެރި ދުޢާ އަކީ އެ މުވައްޒަފަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދިނުމެވެ.“

މި ލިޔުމާ ގުޅޭ