އިމިގްރޭޝަނުގެ މުވައްޒަފަކު ޕާސްޕޯޓެއް ދޫކުރަނީ: ފޮޓޯ އެމްވީ ޕުލަސް

އިމިގްރޭޝަން ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް މިއަދު މޮނިޓަރިން ހަރަކާތެއް ހިންގައިފި

މުޙައްމަދު ގުރައިޝް އަޙްމަދު
ނޮވެމްބަރ 29, 2025

ރާއްޖޭގައި ހެދިފައިވާ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަމަލުކުރޭތޯ ބެލުމުގެ ގޮތުން، އިމިގްރޭޝަނުން ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ އެ އިދާރާއިން ކުރިއަށް ގެންދާ ”މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް“ (އެމްއެމްސީޕީ) ގެ ދަށުން ހިންގި ހަރަކާތެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް، ސައްހަ ހުއްދައެއްގެ ދަށުން އުޅޭ ބަޔެއްތޯ ކަށަވަރު ކުރުމެވެ. އިމިގްރޭޝަނުން ބުނީ މިއަދު ކުރިއަށް ގެންދިޔަ މި މަސައްކަތަކީ، ގަވާއިދުތައް ތަންފީޒުކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ބޭނުމުގައި ހިންގުނު ހަރަކާތެއް ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ މިފަދަ އިންސްޕެކްޝަންތަކާއި ރެއިޑް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިގޮތުން ބަލާ ފާސްކުރުމުގެ ތެރެއިން ގާނޫނާ ހިލާފަށް އުޅޭކަން ފާހަގަކުރެވޭ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ