ޣައްޒާއަށް ގިނަ އަދަދަކަށް ސްމާޓް ފޯނު ލިބި ގޮވަން ފެށި ކީއްވެ؟

އިބްރާހީމްް ސަމީރު
ނޮވެމްބަރ 30, 2025

ޣައްޒާ އޮތީ ބަނޑަށް ޖައްސާފައެވެ. ނަމަވެސް އާބާދީއާއި އިގްތިސާދާ އަޅައި ބަލާއިރު ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ސްމާޓް ފޯނާއި ފަހުގެ އައި ފޯނު ތިޔާގި ނުވާ މިންވަރަށް ޣައްޒާގައި މިފޯންތައް ތިޔާގި ކަމަށް ވެއެވެ. ޣައްޒާއަށް އައިފޯނު އައިސްފައި ވަނީ ބޮޑެތި ފޮށިފޮށީގައެވެ. އަދި ރަން ކުލައިގެ އައި ފޯންތައްވެސް މަދެއް ނޫނެވެ.

މިފޯނުތައް ލިބި، އުފަލުން އެތަކެތި ގެންގުޅެމުން ދަނިކޮށް، 48 ގަޑިއިރު ތެރޭގައި ދެ އައި ފޯނު ވަނީ ގޮވާފައެވެ. މި ގޮވުންތައް ގޮވާފައިވަނީ ޖެނޮސައިޑް ފޯސްއިން އާ ސްމާޓްފޯނުތައް ޣައްޒާއަށް ވެއްދިތާ ދުވަސްކޮޅެއް ފަހުންނެވެ.

މި ފޯނުތަކަކީ ޔަހޫދީންގެ ހިންތާއެކެވެ. ޙިޒުބުﷲއަށް ޕޭޖަރު ގޮއްވާލައިގެން ހަމަލަ ދިން ގޮތަށް މިއީ މީހުން މެރުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. އަދި ފަލަސްޠީނު މީހުން ހޯދައި ގަތުމަށާއި އެމީހުންނަށް ޖާސޫސް ކުރުމަށްވެސް ވަސީލަތެކެވެ.

މީގެ އިތުރުން ސެމްސުންގް ގެލެކްސީގެ އައު ފޯނުތަކެއްވެސް ވައްދާފައި ވެއެވެ.

ޣައްޒާގެ އަލްޝާތީ ރެފިއުޖީ ކޭމްޕްގައި ހުރި އަންހެނެއްގެ އަތަށް ގޮވި ފޯނަކީ ގެލެކްސީ އޭ ސީރީޒްގެ ފޯނެކެވެ.

ނޮވެމްބަރު 25 ވަނަ ދުވަހު އެހެން މީހެއްގެ ފޯނު ގޮވުމުން ގަތަށް ބިއްލޫނީ ނޫނީ ޕްލާސްޓިކް ކޮޅުތައް ވަދެފައި ވެއެވެ.

ޣައްޒާގެ ނޫސްވެރިޔާ އުމަރު ހައްމާދު އޮންލައިންކޮށް އިންޒާރު ދެމުން މީހުންނަށް ގޮވާލާފައި ވަނީ ގޮތް ނޭނގޭ ފަރާތްތަކުން ދޭ ފޯނަށް ސަމާލުވާށެވެ. އެހެން ފަރާތްތަކުންވެސް ބުނަނީ ޔަހޫދީ ޖެނޮސައިޑް ސަރުކާރުން ޓެކްނޮލޮޖީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށެވެ.

ޔަހޫދީން ލުބުނާންގައި ވޯކީޓޯކީއާއި ޕޭޖަރުތައް ގޮއްވާލައި ހަނގުރާމައިގެ ޖަރީމާއެއް ހިންގީ ސެޕްޓެމްބަރު 2024 ގައެވެ.

މި ހާދިސާތަކާ ގުޅިގެން #GazaPhones އަދި #ExplodingGaza ގެ ހެޝްޓެގްތައް ވަނީ އެނބުރެން ފަށާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް މި ހަނގުރާމައިގެ ޖަރީމާ ބެލުމަށް ގޮވާލަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނަނީ މި ހާދިސާތަކުގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއް ފެތުރިފައިވާ ކަމަށެވެ.

ޔަހޫދީ ޖެނޮސައިޑްގައި މަރުވެފައިޥާ ހަގީގީ އަދަދު 1 މިލިއަނަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ