ހުޅަނގު އައްސޭރީގައި ފެންގަނޑެއް ހަދައި އެ ފެންގަނޑުގައި ޔަހޫދީ ޒަޔަނިސްޓުން ކލިނބޫ ގެންގުޅެން ފެށީ ފަލަސްޠީނު މީހުން ދިރިތިއްބާ އެ ކިނބޫތަކަށް ކާން ދިނުމުގެ މަގްސަދުގައެވެ. ނަމަވެސް ޔަހޫދީން ހިން ބިރު ގަތުމުން މިހާރު ހުރިހައި ކިނބޫތަކުގެ ޖެނޮސައިޑެއް ހިންގައި އެސޮރުމެން މަރާލައިފިއެވެ.
ޖެނޮސައިޑްގައި މަރާލާފައިވާ ކިނބޫތައް 400 އަށް ވުރެން ގިނަ ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ކިނބޫތައް މަރާލުމަށް ފަހު އިޒްރޭލުގެ ޖަނަވާރުންނާ ބެހޭ އިދާރާއިން ބުނެފައި މި މައްސަލަ މިހިސާބުން ނިމިފަިއވާ ކަމަށާއި އެހެންވެ އިތުރު ތަހުގީގެއް ހަދާކަށް ނުޖެހޭނެ ކަމަށެވެ.
މި ކިނބޫތަކުގެ ގަތުލުއާންމެއް ހިންގުމުގެ ކުރިން އެސޮރުމެންގެ ކުދި އެއްޗެތި ބޮޑެތި އެއްޗިއްސަށް ކާން ދީފައި ވެއެވެ.
ޖަނަވާރުންނަށް އޯގާތެރި އިންސާނުން ވަނީ ޔަހޫދީންގެ މި ކިނބޫ ޖެނޮސައިޑް ކުށްވެރިކޮށްފައެވެ. އަދި އެމީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށްވެސް ބުނެއެވެ.






