ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ/ފޮޓޯ އެމްއެންޑީއެފް

ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 21, 2025

ކ. ނަކައްޗާފުށީގެ ހުޅަނގުދެކުނުން އަރިއަތޮޅާ ދިމާއަށް ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

މިއީ ނަކައްޗާފުށި ކައިރީ ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށެވެ. އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ވިދާޅުވެފައިވެއެވެ.

ހޮޅިލައިން ޑްރެޖަރާ ވަކިވެ އޮޔާދާން ޖެހުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ