އެމްޑީޕީގެ ގާނޫނޫ ޓީމުގެ ބައެއް ބޭފުޅުން އަނަސް އަބްދުއްސައްތާރާއެކު: ފޮޓޯ އެމްޑީޕީ

ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 21, 2025

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީއާ ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

ޕްރައިމަރީ އޮންނާނީ އަންނަ އަހަރު ޖަނަވަރީ 16 ވަނަދުވަހުއެވެ.

އެޕާޓީން މިހާރުވަނީ ހުށަހެޅޭ ޝަކުވާތައް ބެލުމަށް އިންތިޚާބާއިބެހޭ ޤަވައިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމްޕްލެއިންޓްސް ކޮމިޓީ އެކުލަވާލައިފައެވެ. ”ވީމާ، އިންތިކާބާއިގުޅޭ އެއްވެސް ޝަކުވާއެއް  އޮތްނަމަ ކޮމެޕްލެއިންޓްސް ކޮމިޓީއަށް ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.“ އެޕާޓީން ބުނެފައިވެއެވެ.

ކޮމްޕްލެއިންޓްސް ކޮމިޓީގައި ހިމެނެނީ އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރާއި، ޝާޠިރު ޢަބްދުއްރަޙުމާނާއި، މުޙައްމަދު ނާސިޙު ރަޝީދެވެ.

ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ 7219637 އަށް އެސްއެމްއެސް ކޮށްގެންނާއި ގުޅައިގެންނެވެ. ނުވަތަ ތިރީގައިވާ ގޫގުލް ފޯމެއް ފުރައިގެންނެވެ.

ޝަކުވާ ބަލައިގަންނާނީ  މިހިނގާ ޑިސެންބަރު 22 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އަންނަ ޖަނަވަރީ 17 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ބާރައަށް ކަމަށް އެމްޑީޕީނ ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ