ޕީއެންސީންގެ ކެންޕޭން މެނޭޖަރު ފަލާހު މަޖިލީހުގެ ބައެއް މެންބަރުންނާއެކު

ޕީއެންސީން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 23, 2025

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބެލުމަށްފަހު، ޕްރައިމަރީ ބާއްވަންޖެހޭ އިންތިޚާބީ ދާއިރާތަކާއި، އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ޕީއެންސީން އިއުލާން ކޮށްފިއެވެ.

މި ދެ އިންތިޚާބުގައި ޕީއެންސީ ގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ، ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކު ގެ މަޢުލޫމާތު އެ ޕާޓީ ޕޯޓަލް މެދުވެރިކޮށް ފެންނަ ން ހުންނާނޭ ކަމަށް ބުނެފައިވެއެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކުގެ، ޕާޓީ ގެ މެންބަރުންގެ ލިސްޓު ނުވަތަ ވޯ ޓާރސް ލިސްޓު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރަ އްވާ ކެންޑިޑޭޓަކަށް ލިބިވަޑައިގަންނަވާނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނޭ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. ޕްރައިމަރީއާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލައިފައެވެ. ޝަކުވާ ޕާޓީ އޮފީހަށް ފޮނުވާނީ އިންތިޚާބީ ޝަކުވާ ހުށަހެޅުއްވުމަށް ޚާއްސަކޮށްފައިވާ ނަންބަރު ) 9323686( އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ