ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެ ކުރިއެރުންތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ހިނގަމުންދާ ތަހުގީގެއްގެ ތަފްސީލް ނުދެއްވައި ބައެއްފަހަރު ފުލުހުން ގެންދަވަނީ ލަސްކުރައްވަމުންނެވެ. އެއީ ތަހުގީގަށް ހުރަސް އެޅިދާނޭފަދަ ކަމެއް ދިމާވެދާނެތީއެވެ.
”ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި،“ ފުލުހުން ވިދާޅުވެފައިވެއެވެ.
ކޯޓުން ވަނީ ސަނީ އުމަރު 30 ދުވަހަހަށް ބަންދުކުރުމަށް އަމަރު ކޮށްފައެވެ. އެ އަމުރުގެ މުއަދަތު ހަމަވާނީ 2026 ޖެނުއަރީ 01 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.






