އެންމެ ދެކުނުގެ ދެ ސިޓީއަށް ވައިޓްއެލާޓް

މުހައްމަދު އަލީ
ޑިސެމްބަރ 30, 2025

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ. ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު އެކަކުން އިރުއޮއްސި ހަޔަކަށެވެ.

މިވަގުތުގައި އެ ސިޓީއަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނޭ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ