ސައްޕެ މީހަކާ ސަލާން ކުރައްވަނީ

ގަދަބާރުން ވަކިމީހަކު ޕްރައިމަރީން ހޮވީމާ އެމްޑީޕީއަށް ލިބޭނީ ގެއްލުން: ސައްޕެ

މުހައްމަދު އަލީ
ޖެނުއަރީ 3, 2026

އެމްޑީޕީގެ ޕްރައިމަރީ ތަކުގެ އިންތިޚާބީ ކޮމިޓީގައި ވެރިންގެ ނުފޫޒު ހިންގައި އެކޮމިޓީގައި އަމިއްލަ މަސްލަޙަތު އޮންނަ މެންބަރުން ބައިތިއްބައިގެން ގަދަބާރުން ވަކިމީހަކު ޕްރައިމަރީން ހޮވުނީ ކަމަށް ދައްކައިގެން ކަންކުރީމައި  އެމްޑީޕީ އަށް ލިބެނީ އިންތިހާ ދަރަޖައިގެ ގެއްލުމާއި ހަލާކުކަމަށް އެޕާޓީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީޒު (މީމުސައްޕެ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ”މިފަހަރުވެސް ޚާއްޞަކޮށް މޭޔަރ ޕްރައިމަރީގައި ފެނިގެން މިދަނީ މި ބޭއިންސާފު! އާދަމް އާޒިމްގެ ވަޒީފާގައި ބޮޑު މުސާރަ ލިބޭމީހުންނާއި ކުރިންވެސް ނަޒާހަތްތެރިކަން ގެއްލިފައި ތިބި މެންބަރުންނާއި އާދަމް އާޒިމަށް ފާޅުގައި ކެމްޕޭން ކުރަމުން އައި މީހުން ކޮމެޓީގެ ތިބީމައި ބަލައެއް ނުގަނެވޭނެ،“

އޭނާ ވިދާޅުވެފައިވަނީ މިއީ ކޮރަޕްޝަނާއި ބޭއިންސާފު ކަމަށެވެ. އެމްޑީޕީ ސަލާމަތް ކުރުމަށް އެޕާޓީގެ ޗެއަރޕާސަނަށް ގޮވާލައްވާ ކަމަށެވެ. ވެރިންގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިޔަ ނުދިނުމަކީ ޗެއަރޕާސަންގެ ޒިންމާއެއް ކަމަށް ސައްޕެ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ