ޗައިނާގެ ގަދަދެއްކުމާބެހޭ ގޮތުން ބައިޑަންއާއި އެންތޮނީ މަޝްވަރާކޮށްފި

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 23, 2024

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ގެ ބައްދަލުކުރެއްވުމުގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ، ޗައިނާއިން އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހިންގާ ”ގަދަބާރު ދެއްކުމާއި ސުލްހަމަސަލަސްކަން ގެއްލިގެންދާ ހަރަކާތްތަކާ“ ބެހޭގޮތުންނެވެ.

ދެ ލީޑަރުން މި މަޝްވަރާތައް ބޭއްވެވީ، ޑެލަވޭއާގެ ވިލްމިންގޓަންގައި ކުރިއަށް ގެންދެވި ކުއަޑް ލީޑަރސް ސަމިޓް 2024 ގެ ހަވާސާގައެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަލްބަނީޒް ވޮޝިންޓަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ކުރެއްވި މަސައްކަތާ ބެހޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ.

ބައިޑަން އާއި އަލްބަނީޒް ވަނީ އެމެރިކާ އާއި އޮސްޓްރޭލިއާގެ ގުޅުމުގެ މައިގަނޑު އެއް އަސާސަކީ، ”ދިފާއީ އަދި ސަލާމަތީ“ ”އިގްތިސާދީ“ އަދި ”މޫސުމާއި ސާފު ހަކަތަ“ ކަމަށް ވިދާޅުވެ، އެއީ ދެ ޤައުމުގެ ގުޅުން ބިނާވާ ”ތިން ތަނބު“ ކަމަށް ސިފަ ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ