ޗައިނާގެ ޕްރޮޕަޓީ މާކެޓް އަޑިއަޅާފައި އޮތުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް އަދިވެސް ދަނީ އެކަމުގެ ހިޔަނި އެޅެމުންނެވެ. އޮގަސްޓް މަހު ސިނާއީ އުފެއްދުންތައް ވަނީ 4.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ނަމަވެސް އެއީ މިދިޔަ ހަމަސް ތެރޭގައި އިގްތިޞާދު ކުރިއަށް ޖެހިލި އެންމެ މަޑު ދުލެވި ކަން ފާހަގަ ކުރެވެއެވެ.
ޗައިނާގެ ސިނާއީ ހަރަކާތްތަކާއި ރިއަލް އެސްޓޭޓް މާކެޓް ހުއްޓިފައިވާތީ އެގައުމުން ވެސް ދަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ހަރަކާތްތެރި ކުރުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ދުނިޔެއިން ވެސް ޗައިނާގެ އިގްތިސާދާ މެދު ބިރު ހީވެއެވެ. އެއީ، ޗައިނާގެ އިގްތިސާދު ހީނަރުވެއްޖެ ހާލަތެއްގައި ދުނިޔެއަށްވެސް ދުރުރާސްތާގެ އަސަރުތަކެއް ކޮށްފާނެތީއެވެ. ޗައިނާގެ އެންމެ ބޮޑު މައްސަލައަކީ، ވަޅުޖެހިގެން ދިޔަ، ޕްރޮޕަޓީ ދާއިރާ ރަނގަޅުވުމުގެ އެއްވެސް ކޮޅުމައްޗެއް އަދިވެސް ނުފެންނާތީއެވެ.
ޗައިނާގެ ސިނާއީ އުފެއްދުންތެރިކަން އުޅެނީ 5.6 ޕަސެންޓްގައެވެ. މިއީ ރޮއިޓާޒްއިން ލަފާކޮށްފައިވާ 6 ޕަސެންޓަށް ވުރެން ދަށް އަދަދެކެވެ. ޗައިނާގެ ފިކްސް އެސެޓްގެ ދާއިރާގައިވެސް 2024 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ވަނީ އަހަރުން އަހަރަށް ބަލާއިރު 4.0 ޕަސެންޓް ގައެވެ. އެއީ، ލަފާކޮށްފައިވާ 4.2 ޕަސެންޓަށް ވުރެން ދަށް މިންވަރެކެވެ.
ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ކުރިއަރާފައިވަނީ އެންމެ 0.1 ޕަސެންޓަށެވެ. މިއީ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އަންދާސާ ކުރި 0.3 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. ނަމަވެސް ޗައިނާގެ ސަރުކާރު ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމެންޓްތައް ވަނީ މި މުއްދަތުގައި 7.1 ޕަސެންޓަށް އިތުރު ވެފައެވެ.
އެކްސްޕޯޓްތަކުގެ ސަބަބުން އިގްތިސާދަށް ކުޑަ ކުރިއެރުމެއް ލިބުނުއިރު، މެއި މަހު ދަގަނޑާއި އެލްމިނިއަމް އުފެއްދުން އިތުރުވެފައިވެ އެވެ.






