އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުން: މޯދީ

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 24, 2024

އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުން ކަމުގައި ނިއުޔޯކް ސަރަހައްދުގައި ދިރިއުޅޭ އިންޑިއާ މީހުންނާ ބައްދަލު ކުރައްވައި މޮދީ ވިދާޅުވެއެވެ. އަދި އިންޑިއާގެ ސަގާފީ އާދަކާދައާއި ބަސްތައްވެސް އިންޑިއާ މީހުން މެދުވެރިވެގެން ބައިނަލްއަޤްވާމީ ވެފައިވާ ކަމަށް މޮދީ ވިދާޅުވިއެވެ. އެގޮތުން އެއް ބަހަކަށް އޭނާ އިޝާރާތް ކުރެއްވީ ނަމަސްތޭއަށެވެ.

އޭގެ އިތުރުން އިންޑިއާ މީހުން އިންޑިއާގެ ފަލްސަފާ ކަމަށްވާ ދުނިޔެއަކީ ބޮޑު އެއް ޢާއިލާއެއްކަމުގައި ދެކިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ސުލްހަވެރިކަމާއެކު ދިރިއުޅޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ބޭރު ގައުމުތަކުގައި އިންޑިއާ މީހުން ދިރިއުޅޭ އިރު ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާއިރު އެއްބަޔަކު އަނެއް ބަޔަކަށް ތަފާތު ކަމެއް ނުގެންގުޅޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާ އިން ބޭރުގައި ދިރިއުޅޭ އިންޑިއާގެ މީހުންގެ ހުނަރަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ އެ ހުނަރަކީ އިންޑިއާ މީހުންނާ އެމެރިކާއާ ގުޅުވައިދޭ މައިގަނޑު ވަސީލަތް ކަމަށެވެ.

މި ލިޔުމާ ގުޅޭ