2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ’ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން‘ (އެން.ޑީ.ސީ) ލަނޑުދަނޑި، ކަނޑައެޅި މުއްދަތުގެ ފަސް އަހަރު ކުރިން ހާސިލްކުރި ފުރަތަމަ ޖީ20 ގެ ގައުމަކަށް އިންޑިއާ ވެއްޖެއެވެ. އިންޑިއާގެ އިންސްޓޯލްޑް ޕަވަރ ކެޕޭސިޓީގެ 484 ޖީބީ ގެ ދެބައިކުޅަ އެއްބަޔަކީ މިހާރު ތިމާވެއްޓާ ރައްޓެހި ނޮން-ފޮސިލް ފިއުލް ވަސީލަތްތަކުން އުފައްދާ ހަކަތައެވެ.
ވޭތުވެދިޔަ އަހަރަކީ އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ.
- މިދިޔަ އަހަރު އެކަނިވެސް 44.5 ޖީބީގެ އިއާދަކުރަނިވި ހަކަތަ އިތުރުކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
- ސޯލާ ކެޕޭސިޓީ 135 ޖީބީ އަށް އަރާފައިވެއެވެ.
- ވައިގެ ހަކަތަ ނުވަތަ ވިންޑް ޕަވަރ ވަނީ 54 ޖީބީ އަށް އަރާފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ:
މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް އިންޑިއާއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. މި ކުރިއެރުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި، ސޯލާ ޓެރިފްތައް ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި 80 އިންސައްތަ ދަށްކުރުމާއި، އަދި އަމިއްލަ ގައުމުގައި ސޯލާ މޮޑިއުލްތައް އުފެއްދުމަށް ދިން ބާރުގެ ނަތީޖާއެއް ކަމަށް އިންޑިއާ ސަރުކާރުން ފާހަގަކުރެއެވެ.
މި ބަދަލުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި ފައިދާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ތަޣައްޔަރުވުމާ ގުޅުންހުރި ކަންކަމުން 4 ލައްކަ ކްރޯޑް ރުޕީސް ސަލާމަތް ކުރެވިފައިވާއިރު، 410.9 މިލިއަން ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ދޫކުރުން ވަނީ ހުއްޓުވިފައެވެ. މީގެ އިތުރުން ފޮސިލް ފިއުލް އިމްޕޯޓް ކުރުމަށް ކުރާ ބިލިއަނުން ގުނޭ ހޭދަވެސް ވަނީ ކުޑަވެފައެވެ.
އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު 500 ޖީބީގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ’ޕީއެމް ސޫރިޔާ ގަރް‘ ސްކީމްގެ ދަށުން ފުރާޅުތަކުގައި ސޯލާ ޖެހުމާއި، ’ޕީއެމް ކުސުމް‘ ގެ ދަށުން ދަނޑުވެރިކަމަށް ސޯލާ ބޭނުންކުރުން ފަދަ މަޝްރޫއުތައް ދަނީ ބާރުމިނުގައި ކުރިއަށް ގެންދަމުންނެވެ.






