ދަރަނިން ކޮރަޕްޝަން ހިންގީ ޕާޓީތަކުން: އުމަރު

މުހައްމަދު އަލީ
ފެބްރުއަރީ 1, 2026

 

ސިޔާސީ ހުރިހާ ޕާޓީއެއް ގުޅިގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުރުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ގޮވައިލެއްވުމުން އުމަރު ނަސީރު އެއަށް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު އެކްސްގައި ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމަށް މަޝްވަރާއަށް ގޮވާލައްވާއިރު، ދަރަނިތައް އުފެއްދީވެސް ސިޔާސީ ޕާޓީތަކުން ކަމަށެވެ. ދުވަހަކަށްވުރެ ދުވަހެއް ވެރިކަމުގެ ދައުރަކަށްފަހު ދައުރެއް ދަރަނިބޮޑުވަމުންދާތީ ބައިނަލް އަގުވާމީ ފަރާތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެ މިހާރުވަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި އުމަރު ވިދާޅުވެފައިވަނީ ”މިދަރަނި އުފެއްދީވެސް މިޕާޓީތަކުން. މިދަރަނިން އިސްރާފު ކުރީވެސް މިޕާޓީތަކުން. މި ދަރަނިން ކޮރަޕްޝަން ހިންގީވެސް މި ޕާޓިތަކުން،“ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ