ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީހަކު މަރާލައި ގަބުރުގައި ރޯކޮށްލައިފި

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 26, 2024

އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ޑޮކްޓަރަކު މަރާލުމަށްފަހު އޭނާގެ ގަބުރުގައި ރޯކޮށްލި މައްސަލައެއްގައި ބަޔަކާ ދެކޮޅަށް އާއިލާއިން ދައުވާ ހުށަހަޅައިފިއެވެ.

ޕާކިސްތާންގެ ސިންދު ޕްރޮވިންސްގެ އުމަރުކޯޓު އަވަށުގައި ޑރ. ޝާހްނަވާޒު ކުންބަރަށް ކުރެވުނީ އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ.

އޭނާ ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓު ހެކްކޮށްފައިވާ ކަމަށާއި އެކަމެއް ކޮށްފައި ވަނީ އޭނާ ނޫން ކަމަށް ބުނެފައެވެ. ނަމަވެސް ހަވަރުއެއްވެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ބަންދު ކުރިއެވެ.

ފަހުން އާއިލާއަށް އަންގާފައި ވަނީ ފުލުހުންނާއި އޭނާއާ ދެމެދު ބަންދުގައި ހުރެގެން ބަޑީގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި އޭނާ މަރުވީ ކަމަށެވެ. ސިންދު ހައިކޯޓަށާއި އިންސާނީ ހައްޤަށް މަސައްކަތް ކުރާ ފަރާތްތަކަށް މައްސަލަ ހުށަހަޅަމުން އާއިލާއިން ބުނެފައި ވަނީ ލަފާ ކުރެވެނީ ފުލުހުން އޭނާ ބަންދުގައި ބަހައްޓައިގެން މަރާލީ ކަމަށެވެ.

އޭނާގެ ގަބުރު ޢާއިލާއާ ހަވާލު ކުރުމުން، ޖަނާޒާގެ ކަންކަމަށް، އެ ގަބުރު މައިފުނަ އަވަށަށް ގެންދިއުމުގެ ތެރޭގައި ހަވަރު އެއްވެގެން އޭނާގެ ގަބުރު ވަގަށް ނަގައިގެންގޮސް ރޯކޮށްލިއެވެ.

މިކަމުގައި އިސްވެ ހުރީ އެހިސާބުގެ ދަންނަބޭކަލެކެވެ. އޭނާ ވަނީ މީހުން އެއްކޮށްގެން ތަގްރީރެއްކޮށް، އެކަން ކުރުމަށް މީހުންނަށް ހިތްވަރު ދީފައެވެ. އަދި ޕެޓްރޯލު އަޅާފައިވާ ފުޅިތަކާއެކު ހަވަރު އެއްވެ، ގަބުރުގައި އަލިފާން ރޯކޮށްލީއެވެ. އާއިލާއިން ވަނީ މިކަމުގައި ބައިވެރިވި 35 މީހުންގެ ތެރޭން 20 މީހެއްގެ ނަމާއެކު މައްސަލަ ސިންދު ހައިކޯޓަށް ހުށަހަޅާފައެވެ.

މި ލިޔުމާ ގުޅޭ