ބިދޭސީންގެ މައްސަލަ ހައްލުކުރަން މަޝްވަރާ ކޮށްފި

މުހައްމަދު އަލީ
ފެބްރުއަރީ 11, 2026

ހދ. އަތޮޅުގެ ރަށްރަށުގައި ތިބި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިމަހުގެ 10ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ،

އަދި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާގައި މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ފުލުުހުންގެ ކަމާ ގުޅުންހުރި ބަހާތަކުގެ އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ލިޔުމާ ގުޅޭ