ދުނިޔޭގައި އިންސާނުން އުފެއްދި އެންމެ އަގު ބޮޑު އެއްޗަކީ ކޮން އެއްޗެއް ހެއްޔެވެ؟ ބައެއް މީހުން ޖަވާބުގައި ބުރުޖު ޚަލީފާ ނޫނީ ތާޖު މަހަލް ކަމަށް ބުނެފާނެއެވެ. އެއީކީ ރަނގަޅު ޖަވާބެއް ނޫނެވެ.
އިންސާނުން އުފައްދާފައިވާ އެންމެ އަގުބޮޑު އެއްޗަކީ ދުނިޔެއިން ބޭރުގައި ހަދާފައިވާ އެއްޗެކެވެ. އެއީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނެވެ.
އެތައް ޤައުމަކުން ބައިވެރިވެގެން އާދަޔާ ޚިލާފް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަކީ، 100 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ. ބައެއް އަންދާސާތައް ބުނާ ގޮތުގައި އެތަނަށް 150 ބިލިއަން ޑޮލަރު ޚަރަދުވެފައި ވާނެއެވެ.






