މަސްވެރިކަމުގެ ވިޔަފާރީގައި ސަރުކާރު ބައިވެރިންވުން ހުއްޓާލާ: އުމަރު

މުހައްމަދު އަލީ
އޮކްޓޯބަރ 1, 2024

ރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ސަރުކާރު ބައިވެރިވެފައިވާ އޮތުން ހުއްޓާލަން ޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ވިޔަފާރިވެރިޔާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައިގަނޑު މައްސަލައަކީ ސަރުކާރު މިވިޔަފާރީގައި ބައިވެރިވުން ކަމަށް ”ހިރި“ އަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވ ފެށުނީއްސުރެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ވަރަށްބޮޑަށް ސަބްސިޑައިޒް ކޮށްގެން ހިންގާ ސިނާއަތެއް ކަމަށެވެ. އެއީ މުހިންމުވެސް ކަމެއް ކަމަށާއި އެކަމަކު ސަބްސިޑައިޒް ކުރަންވާނީ މުހިންމު ބައެއް އޭރިއާތައް ކަމަށް ވެސް ވިދާޅުވިއެވެ. ”އެކަމަކު ފްރީމާކެޓު ޕްރިންސިޕަލްއަކާ ދެކޮޅަށް މަސައްކަތް ނުކުރެވޭނެ. އެއީ ދެމެހެއްޓެނިވި ގޮތަކަށްނުވާނެ. މުޅި ދުނިޔެ ދަސްކޮށްފައި އޮތް އިގްތިސާދީ ދެކޮޅުޖެހޭ ގޮތަކީ އިގްތިސާދީ ފްރީމާކެޓު ޕްރިންސިޕަލްއަށް އަމަލުކުރުން،“ އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެންމެ ފުރަތަމަވެސް ސަރުކާރުން ކުރަންޖެހޭ ކަމަކީ މަސްވެރިކަމުގެ ވިޔަފާރީގައި ބައިވެވުން ހުއްޓާލުން ކަމަށެވެ. މަސްވެރިކަމުގައި ސަރުކާރު ބައިވެރިވާންވާނީ މަސްވެރީންނަށް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށާއި އެމީހުން އެންޕަވަރ ކުރުމާއި ރެގިޔުލޭޓު ކުރަން ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަނަންނީ ދޮގު ވިއްކައިގެން ކަމަށެވެ. އެގޮތުން ތިމަންނަމެން މިވެނި އަގެއްގައި މަސްގަންނާނަމޭ ބުނެ ހަދަނީ ދޮގުކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ދޮގުހަދައިގެން އައިސް އާޚިރުގައި އެއްވެސް ކަމެއް ރައްޔިތުންނަށް ނުކޮށްދޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ