ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗަށް، މިހާ ވަނީ މަރުވެފައި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 1, 2024

ޒަހަމްތަކާއެކު އެކު އޮތް މީހަކު ރޭ ފަތިހު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ މާލެވިލިމާލެ ބްރިޖު މަސައްކަތުގައި އުޅެމުންދާ އެފްކޯން ގެ މުވައްޒަފެއް ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި އޭނާ ގެންދިޔައީ ކޮންބައެއް ކަމެއްވެސް ވިދާޅެއް ނުވެއެވެ.

މިކަމާ ބެހޭ އިތުރު މައުލުމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ