އެއްވެސް އިސްލާމަކާ ދިމާއަށް މިއީ ސުންނީ މުސްލިމެކޭ ނުވަތަ ޝީޢާ މުސްލިމެކޭ ނުކިޔުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ސުންނީ، ޝީޢާ އަކީ މުސްލިމުން ބައިބައިކުރަން ޢަދުއްވުން ކިޔާ އެއްޗެއް ކަމަށެވެ. ”މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ.“
މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ.
— Maumoon Abdul Gayoom (@maumoonagayoom) March 22, 2026
ސުންނީ، ޝީޢާ މިހާބޮޑަށް ތިލަވެގެން މިއުޅެނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދު ކޮށްލި ހިސާބުންނެވެ. މި ދުވަސްވަރަކީ އެމެރިކާއާއި އިސްރާއީލުން އިސްވެތިބެ އީރާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށައިފައިވާ ދުވަސް ވަރެކެވެ.






