ފެނަކަ ކުންފުނީގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

މުހައްމަދު އަލީ
އޭޕްރިލް 6, 2026

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ނަޖާހު އެމްޑީ ކަމުންނާއި ބޯޑުމެންބަރު ކަމުން މިއަދު ވަކިކޮށްފިއެވެ.

ނަޖާހު ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަޖާހު ކުއްލިއަކަށް ވަކިކުރި ސަބަބެއް ޕީސީބީ އިން ބުނެފައެއްނުވެއެވެ.

ނަޖާހު އެމަގާމަށް އައްޔަން ކުރެއްވީ 2024  ވަނަ އަހަރުގެ ޑިސެންބަރު ތޭވީސް ވަނަ ދުވަހުއެވެ. އެމަގާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ ހެޕީމާކެޓުގެ ވަޒީފާއެއްގައެވެ. ނަޖާހު ފެނަކައަށް އައްތަން ކުރެއްވީ އޭނާއަށްވުރެ ކުރީން އެމަގާމުގައި ހުންނެވި މުޢާޒު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *