ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ރާއްޖޭ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
މި ދެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މި ބޭފުޅުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. އަދި އިތުރު ބޭފުޅަކު ނުވަތަ ބޭފުޅުން ވަކި ކުރެއްވި ކަމަށް ވެސް ވިދާޅެއް ނުވެއެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީ މެންބަރު، ސަލްމާ ރަޝީދުގެ ދަރިފުޅެވެ. ސަލްމާ ރަޝީދަކީ އޭނާގެ ކޮއްކޮ އެވެ. މީގެ އިތުރުން ސަލްމާގެ ދަރިފުޅު، އާމިނަތު ޙުސައިން ޝަރީފް ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ބޭފުޅުންގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ނަޖާހުވެސް ވަނީ މިއަދު ވަޒީފާއިން ވަކިކޮށްފައެވެ






