ފުލުހުން ގުޅިގެން 10 ވަނަ ގްރޭޑްގެ ކުއްޖަކު ރޭޕްކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 3, 2024

ޕާކިސްތާންގެ ޕަންޖާބުގެ ޓައުނެއްގައި ފުލުހުންގެ ބަންދުގައި ހުރި ބައްޕައަކު ދޫކޮށްލުމަށް އެދި ފުލުހަށް ދިޔަ 10 ވަނަ ގްރޭޑްގެ އަންހެން ކުއްޖާ ރޭޕްކޮށްފިއެވެ.

ސަރަގޯދާ ސިޓީއާ ކައިރީގައި އޮންނަ ކޯޓު މުއުމިންގައި ހިނގާފައިވާ މި ޖަރީމާއަކީ، ފުލުސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރާއި އޭނާގެ ރަހުމަތްތެރިޔާ ގުޅިގެން ހންގާފައިވާ ޖަރީމާއެކެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ހުރީ މަސްތުވާތަކެއްޗެއް ކަމަށްވާ ހަޝީޝްގެ ފޭކް މައްސަލައެއްގައެވެ.

މިމީހުން މި ކުއްޖާ ރޭޕްކޮށްގެން ގެންގުޅުމަށްފަހު އެކުއްޖާގެ ބޮޑުދައިތަގެ ގެ ކުރިމައްޗަށް އެއްލައިލީ މެންދަމުން އަނބުރައި 2 ގެ ފަހުންނެވެ.

ފުލުހުންގެ އެފްއައިއާރުގައި ބުނެފައި ވަނީ މި މުޖުރިމުން ވަނީ އެމީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތު އަނބުރައި ގެންދިއުމަށް ކުއްޖާއާއި އާއިލާއަށް މަޖުބޫރު ކޮށްފައެވެ.

މި ލިޔުމާ ގުޅޭ