ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓުގައި އަލިފާން ހިފައިފި

މުހައްމަދު އަލީ
އޭޕްރިލް 12, 2026

ނ. އަތޮޅުގެ ރިސޯޓެއްކަމަށްވާ ”ސޮނޭވާ ޖަނި ރިސޯޓު މޯލްޑިވްސް“ ގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފާއި އެ ރިސޯޓު މުވައްޒަފުން ގުޅިގެން ކުރި މައްސަކަތުން މިހާރުވަނީ އަލިފާން ކޮންޓްރޯލްވެފައި ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު  ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލު ލިބުނު މިންވަރަކުން ހިއްސާކުރައްވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަލިފާން ރޯވެފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *