ގދ. ގައްދޫގައި ހުންނަ އެއަތޮޅު، އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ މަދަރުސާގެ ދަރިވަރަކު އަނިޔާކޮށްފިއެވެ.
މިއަނިޔާގައި އޭނާއަށް ވަނީ ގައްދޫ ސިއްހީމަރުކަޒުގައި ފަރުވާދީފައެވެ. ފުލުހުން ވިދާޅުވީ އެ މުދައްރިސަށް އިތުރުފަރުވާ ދިނުމަށް މިހާރުވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލު ބަދުކޮސްފައި ކަމަށެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ 11:46 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރު މުދައްރިސަށް ހަމަލާދިނީ ކޮމްޕިޔުޓަރލެބުގައި ގޭމްކުޅެން އިންދާ އެކަން އެގަޑީގައި ނުކުރުމަށް އެންގުމުންނެވެ. އެކަމާ ގުޅިގެން ދަރިވަރު ހަމަލާދިނީ ކޯއްޗަކުން ކަމެއް އެނގިފައެއް ނުވެއެވެ.
މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.






